އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް އަމްރު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ހަމަޖައްސައިފިއެވެ. އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާރޗް...

06 Aug 2023 | 08:37

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ހަމަޖައްސައިފިއެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާރޗް މަހުގެ ފަހުކޮޅުގައެވެ. އެއީ ސަރުކާރު ކުންފުންޏެއްގެ ވެރިއަކަށް ހުންނަވައި، ސަރުކާރާ ދެކޮޅަށް ނުކުތުމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރެއްވިއިރު އަމްރު ތާއީދު ކުރެއްވީ ނަޝީދަށެވެ. ނަމަވެސް ނަޝީދަށް ނާކާމިޔާބު ވެވަޑައިގަތުމުން، ނަޝީދަށް ތާއީދު ކުރާ މީހުން އެމްޑީޕީއިން ވަކިވެ އާ ޕާޓީއެއް އުފެއްދީއެވެ. އެއީ 'ދަ ޑިމޮކްރެޓްސް' އެވެ.

އޭގެ ފަހުން އަމްރު ގުޅިވަޑާއިގަތީ ޑިމޮކްރެޓްސް ޕާޓީއަށެވެ.

އޭގެ ފަހުން އަމްރު ވިދާޅުވެފައި ވަނީ، ޑިމޮކްރެޓްސްެގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެ ޕާޓޯީގެ ރިޔާސީ ކެމްޕޭންގައި އަމްރު ދަނީ ބައިވެރި ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް