މާލެ އޭރިއާގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ފެޒޫ

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ ‘އުރީދޫ މަސްރޭސް 2023’ ގެ މާލެ އޭރިއާގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ޑިޓިއުން ބޭންޑްގެ  ފާތުމަތު ފެޒްލ...

06 Aug 2023 | 07:45

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ ‘އުރީދޫ މަސްރޭސް 2023’ ގެ މާލެ އޭރިއާގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ޑިޓިއުން ބޭންޑްގެ  ފާތުމަތު ފެޒްލީން (ފެޒޫ) ހޮވިއްޖެއެވެ. ފެޒޫ މަހަށް ދިޔައީ 'ޑިޓިއުން ފިޝިންގް' ޓީމާއެކުގައެވެ.

މި ވަނަ ލިބުމުން ފެޒޫ ބުނީ، އެކަމުން ލިބުނު އުފާވެރިކަން ބަޔާންކޮށްދޭން ވެސް ނޭނގޭ ކަމަށެވެ.

https://twitter.com/fezu/status/1687715981169455104

ޖުމްލަ 34 ޓީމާއެކު މާލެ ސިޓީ ގައި އުރީދޫ މަސްރޭސް ބޭއްވީ ހުކުރު ދުވަހުއެވެ.

މާލެ ސަރަހައްދުގެ ޗެމްޕިއަން ޓީމަކީ 'ސޮނީ ފިޝިންގް' އެވެ. އެންމެ މޮޅު މަސްވެރިޔާއަށް ހޮވުނީ ޓީމް ކްރަންޗީސްގެ ނައުޝާދެވެ. އެންމެ ބަރު މަސް ބާނާފައި ވަނީ ސޮނީ ފިޝިންގް ޓީމުގެ ވަލީދެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފައެވެ.

ކޮންމެ ސިޓީއެއްގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚުތަށް:

  • މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު
  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
  • އައްޑޫ ސިޓީ: އޮގަސްޓް 18
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25

މާލެއިން 34 ޓީމު ބައިވެރިވާއިރު، ކުޅުދުއްފުށި ސިޓީން 23 ޓީމް، އައްޑޫ ސިޓީގެ 13 ޓީމް، އަދި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެކަމަށް އުރީދޫ އިން ބުނެފައިވެއެވެ.

އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު ލިބިގެންދާނެގޮތް:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް