މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން، އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
https://twitter.com/ElectionsMv/status/1688078706806489089
ރައީސްގެ ކެނޑިޑެންސީ ފޯމު އީސީއާ ހަވާލު ކޮށްދެއްވީ ރައީސް ސޯލިހުގެ އިންތިހާބީ އޭޖެންޓް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.
ރައީސް ސޯލިހްގެ ގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމްއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީވެސް ށ. އަތޮޅުންނެވެ.
އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.
އޭގެ ފަހުން ކ. އަތޮޅުގެ ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ. އަދި ހއ. އަތޮޅުގެ10 ރަށަކަށްވެސް ވަޑައިގެންނެވިއެވެ. އެއީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.
އެއަށްފަހު އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ޏ. ފުވައްމުލަކަށެވެ. އަދި އެންމެ ފަހުން ވަޑައިގެންނެވީ ށ. އަތޮޅާށާއި ހދ އަތޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް