ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް ކުރީގެ ރައީސް ޔާމީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމު އިލެކްޝަންސް އިން ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމުގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މި ހުކުމް ކޮށްފައިވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް އެންމެ ފުރަތަމަ ކެނޑިޑަސީ ހުށަހެޅީ ރައީސް ޔާމީނެވެ. ނަމަވެސް އެ ކެނޑިޑަސީ އިލެކްޝަންސް އިން ބަލައިނުގަތުމުން އެ މައްސަލަ އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސުޕްރީމް ކޯޓުން މިއަދު އީސީގެ އެ ނިންމުމާއި އެއްކޮޅަށް ހުކުމް ކުރުމުން ރައީސް ޔާމީނަށް ފުރުސަތު މިހާރު މިވަނީ ގެއްލިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް އެމްޑީޕީ، އެމްއެންޕީން މިއަދު ވަނީ ކެނޑިޑަސީ ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް