ރިޔާސީ އިންތިހާބުގައި ވާދަކުރަން ނާޒިމް ފޯމު ހުށަހަޅައިފި

މޯލްޑިވްސް ނޭޝަނަލްޕާޓީ (އެމްއެންޕީ)ގެ ފަރާތުން މިއަހަރުގެ ރިޔާސީ ރޭހަށް ނުކުތުމަށް އޮނަރަބަލް މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓް ފޯމް އިލެކްޝަންއަށް ހުށަހަޅައިފިއެވެ. ކެނޑިޑެންސީ ފޯމު އީސީއާ ހަވާލު ...

06 Aug 2023 | 06:32

މޯލްޑިވްސް ނޭޝަނަލްޕާޓީ (އެމްއެންޕީ)ގެ ފަރާތުން މިއަހަރުގެ ރިޔާސީ ރޭހަށް ނުކުތުމަށް އޮނަރަބަލް މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓް ފޯމް އިލެކްޝަންއަށް ހުށަހަޅައިފިއެވެ.

ކެނޑިޑެންސީ ފޯމު އީސީއާ ހަވާލު ކޮށްފައި ވަނީ ނާޒިމްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

https://twitter.com/UmayAhmed/status/1688067458694025216

އެމްއެންޕީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމާއި ހަވާލުކޮށްފައި ވަނީ މޭ މަހުގެ ފަހުކޮޅުއެވެ.

އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ  ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގެ ކަންކަން ގޯހުންގޯހަށް ގޮސް، ގައުމު އޮޔާ ދިޔުމުގެ ބިރުހީވެ، އެކަމާ ކަންބޮޑުވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށެވެ. ނާޒިމް ވިދާޅުވީ ގައުމާ މެދު އޭނާގެ ތަސައްވުރެއް އެބަ އޮތް ކަމަށާއި ދިވެހިންގެ ހުވަފެންތަކުގައި ކުލަ ޖެހެން ޖެހޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ވަޒީފާ އާއި މުސާރައިގެ ކަސްތޮޅުން ސަލާމަތްކުރުމާއި ތައުލީމަކީ ކޮންމެ ކުއްޖެއްގެ ހައްގަކަށް ހަދައިދިނުމާއި ގައުމުގެ މުއްސަނދިކަމުގެ ފައިދާ އެންމެންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމާއި ވަޒީފާގެ ސިނާއަތާއި އެހެން ކަންކަމުގައި ވެސް ދިވެހި ރައްޔިތުންނަކީ މި ގައުމުގައި އެންމެ ފުރަތަމަ ރައްޔިތުންކަމުގައި ހަދަންޖެހޭ ކަމަށެވެ.

ބޭސް ފަރުވާ އާއި ދިރިއުޅުމަށް ސަލާން ޖެހުމުގެ ސަގާފަތް ދޫކޮށް ދިވެހިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރާއްޖެއިން ލިބޭނޭގޮތް ހަމަޖެހުމާއި ގެދޮރަކީ އުމުރު ހުސްވެ ދަރަނިވެރިވެގެން ނޫނީ ނުލިބޭ އެއްޗަކަށް އޮންނަ އޮތުން ބަދަލުކޮށް، ދިރިއުޅުން ފަށާއިރު، ލިބޭ ހައްގަކަށް ހަދައިދޭނެ ކަމަށް ނާޒިމް ވަައުދުވެ ވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް