ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް)އާއި އޭނާގެ ފިރިމީހާ އަހުމަދު މުއާޒް (ކުޑަމުއާ) ހިމެނޭހެން، މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންތަކެއް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީއިން ބުނީ، މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ބޭފުޅުންތަކެއް މިއަދު އެމްޑީޕީއާއި ގުޅިވަޑައިގެންފި ކަމަށެވެ.
https://twitter.com/MDPSecretariat/status/1687838554842669056
ރިޔާސީ އިންތިހާބު ބޯމަތި ވެފައި ވާއިރު، ފިލްމީ ދާއިރާގެ ފަންނާނުންވެސް ހިމެނޭ ގޮތަށް، ގިނަ އަދަދެއްގެ މީހުން ދަނީ އެކި ޕާޓީތަކަށް ސޮއިކުރަމުންނެވެ.
އެގޮތުން ދިވެހި ފިލްމީ ތަރި ފާތިމަތު ފަރީލާ އާއި ކުރީގެ ފިލްމީ ތަރި އަދި މިއުޒީޝަން ހުސެއިން ސޮބާހު (ސޮބާ)އެމްޑީޕީއަށް ސޮއި ކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އަދި މަޝްހޫރު ލަވަކިޔުމުގެ ދާއިރާގައިވާ ބަތޫލް އަހުމަދު އެމްޑީޕީއަށް ސޮއި ކޮސްފައި ވަނީ މިިދިޔަ މަހުގެ ކުރީކޮޅުގައެވެ.
އެ ހުރިހާ ފަންނާނުންވެސް އެމްޑީޕީއަށް ސޮއި ކުރުމަށް ފަހު ވަނީ އެމްޑީޕީއަށް ސޮއިކުރި ފޯމު އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް