ޕީޕީއެމްގެ އާންމު މެންބަރުން އިހްސާސް އެނގޭކަމަށްބުނެ ދަ ޑިމޮކްރެޓްސް އިން ޕީޕީއެމްގެ އާންމު މެންބަރުންނަށް މިރޭ ފުޅާ ދާއިރާއެއްގައި ދައުވަތު އަރުވައިފިއެވެ.
މިރޭ ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގައި އެބޭފުޅުން ތިއްބެވި އިރުވެސް ދިމާވީ އެފަދަ ކަންތައްތަކެއް ކަމަށާއި ޑިމޮކްރެޓްސް އުފެދުނީ އެފަދަ ނުތަނަވަސްކަމަކުން ކަމަށެވެ.
"އެ ޕާޓީން ކެނޑިވަޑައިގެންނެއް ނޫން، އެ ޕާޓީގަ ތިއްބަވައިގެން ވަކި ގްރޫޕެއްގެ ގޮތުގަ" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވި އެކަމާއި ގުޅޭގޮތުން ޕީޕީއެމްގެ އިސް ބޭބޭފުޅުންނާއިވެސް ވާހަކަ ދައްކަމުން އަންނަ ކަމަށާއި އަދި މިކަމުގެ މަޝްވަރާތައް އަވަހަށް ފަށައިދިނުމަށް އެ ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މި ވެރިކަން ފަސޭހަކަމާއެކު ބަދަލުކުރެވި މި އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމުގައިވެސް ހަސަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް