ޕްރިމިއާ ލީގު - ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

އިނިގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މެޗު ފެށިގެން ރަނގަޅަށް ކުޅެފ...

06 Aug 2022 | 15:23

އިނިގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ފުލަމް އިންނެވެ. އެގޮތުން ލިވަޕޫލުގެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާތައް އުފެއްދޭ ތޯ ގިނަ މަސައްކަތް ތަކެއް ފުލަމް އިން ކުރިއެވެ. އެގޮތުން ކޮންމެ ވެސް ވަރަކަށް ހަމަލާ އުފެއްދުނު ނަމަވެސް ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއ ނުވެއެވެ. ފުލަމް އިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ކެނީ ޓޭޓޭ ގޯލު ކުރިމައްޗަށް ހުރަސް ކުރި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ފުލަމް އަށް ކާމިޔާބު ކޮށްދިނީ އަލެކްސަންޑަރ މިޓްރޮވިޗްއެވެ.

މި ލަނޑާއި އެކު ލީޑުގައި އޮވެގެން ފުލަމް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން ނިކުމެ މުހައްމަދު ސަލާހުގެ އެހީތެރިކަމާއި އެކު ޑާވިން ނުނޭޒް ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ނަތީޖާގައި ވަނިކޮށް ފުލަމް އިން ދެވަނަ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ލަނޑަކީ ލިވަޕޫލުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 81 ވަނަ މިނެޓުގައި ނުނޭޒް ދިން ޕާހަކުން މުހައްމަދު ސަލާހު ކާމިޔާބު ކޮށްދިން ލަނޑުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް