އަލަމްގީރު ބޭނުންވަނީ އިއުތިރާފު އެއްބަސްވުން ހަދަން!

ގިނަ ދިވެހިންތަކަކާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރު އިއުތިރާފު އެއްބަސްވުމެއް ހަދަން އެދިއްޖެ އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 1...

06 Aug 2022 | 13:46

ގިނަ ދިވެހިންތަކަކާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރު އިއުތިރާފު އެއްބަސްވުމެއް ހަދަން އެދިއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން އަލަމްގީރް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުނު ގެސްޓްހައުސް ތެރެއިންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަލަމްގީރު ވަނީ އިއުތިރާފު އެއްބަސްވުން ހަދަން ހުށަހަޅާފަ އެވެ. އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އަލަމްގީރް ހުށަހެޅި ހުށަހެޅުމާ މެދު ވަރަށް އަވަހަށް ޕީޖީ އޮފީހުން ގޮތެއް ނިންމާނެ ކަމަށްވެ އެވެ.

އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު 250 މީހަކަށް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވޭ ބައެއް މީހުންގެ މައުލޫމާތު ދައުލަތުގެ މުއައްސަސާތަކާއި ހިއްސާ ކުރުމުން އެ މުއައްސަސާތަކާއި ހިއްސާ ކުރުމުން އެ މުވައްޒަފުން ދަނީ ސަސްޕެންޑު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ހޯމް މިނިސްޓްރީ އާއި ޓިޗަރުންތަކެއް ވަނީ ސަސްޕެންޑުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް