ޖީއެސްޓީ ބޮޑުކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެއެވެ.
މަޓާޓޯ އިން ބުނީ 2021 ވަނަ އަހަރު ބަންދުކުރި ފަތުރުވެރިންގެ މަގްބޫލު މަންޒިލުތައް މިހާރު ހުޅުވާލާފައިވާއިރު، އެގައުމުތަކަކީ ރާއްޖެއާއި ވަރަށް ވާދަވެރި ގައުމުތަކެއް ކަމަށެވެ.
ޖީއެސްޓީ ބޮޑުކޮށްފިނަމަ ރާއްޖެވެގެންދާނީ ރާއްޖެއާއި ވާދަކުރާ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެންމެ ޓެކްސް ބޮޑު އެއް ގައުމަށް ކަމަށް ރާއްޖޭން ބޭރުގެ ސްޓޭކް ހޯލްޑަރުން ވެސް ފާހަގަކޮށްފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.
އެހެންކަމުން އޭގެ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށާއި ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި ގެސްޓް ހައުސްތަކަށް ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.
ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށައިފިނަމަ އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 10 އިންސައްތައަށް ދަށްވާނެ ކަމަށް ވެސް މަޓާޓޯ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް