އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ މަޖިލީހުގެ އިދާރާގެ މުވައްޒަފަކުވެސް ސަސްޕެންޑު!

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކުވެސް ސަސްޕެންޑުކޮށްފި އެވެ. ބަންގްލަދޭޝްގެ އަލަމްގީރު ކިޔާ ފިރިހެނަކާއި އެކު އެއްޖުންސުން ގުޅުން ހިންގި ކަމަށް ބުނާ...

06 Aug 2022 | 10:22

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކުވެސް ސަސްޕެންޑުކޮށްފި އެވެ.

ބަންގްލަދޭޝްގެ އަލަމްގީރު ކިޔާ ފިރިހެނަކާއި އެކު އެއްޖުންސުން ގުޅުން ހިންގި ކަމަށް ބުނާ ދިވެހިންގެ އަދަދު250 އަށް އަރާ ކަމަށްވެ އެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ގުޅޭ މައުލޫމާތު އެ އިދާރާތަކާއި ދަނީ ހިއްސާ ކުރަމުންނެވެ.

މި މައްސަލައިގަ ބަޔަކު ހައްޔަރުކޮށްފައިވާއިރު މަޖިލީހުގެ މުވައްޒަފު ހައްޔަރު ކުރި ކަމެއް އަދި ނޭނގެ އެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އެ އިދާރާގެ މުވައްޒަފަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ސަސްޕެންޑު ކުރިކަން މީޑިއާގައި ކަށަވަރު ކޮށްދީފަ އެވެ.

އިތުރު ތަފްސީލް އޭނާ ހާމައެއް ނުކުރައްވަ އެވެ.

މި މައްސަލައިގަ ސަސްޕެންޑު ކުރި މީހުންގެ ތެރޭގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ޓީޗަރަކު ހިމެނެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރާއި ފުލުހަކާއި ނޫސްވެރިޔާ އަބްދުﷲ ނަސީރު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް