އެމްއެންޕީ ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މިއަދު ހެނދުނު 9:00 ފެށި މި އިންތިޚާބުގެ ވޯޓުލުން ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށް އެމްއެންޕ...

06 Aug 2022 | 09:23

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 ފެށި މި އިންތިޚާބުގެ ވޯޓުލުން ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށް އެމްއެންޕީން ބުނެއެވެ.

އެ ޕާޓީގެ މި އިންތިޚާބުގައި 185 މަގާކަމަށް ކުރިމަތިލާން ހުޅުވައިލިނަމަވެސް އެ އިންތިޚާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، 180 މަގާމަކަށް އިންތިޚާބަކާ ނުލައި ވަނީ ހޮވިފައެވެ.

އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދަނީ ބާކީ ފަސް މެންބަރުން އިންތިޚާބު ކުރުމެވެ.

އެމްއެންޕީން ބުނީ މިއަދުކުރިއަށް ދަނީ ވިމެންސް ވިންގުގެ ލީޑަރުގެ މަގާމާއި ޔޫތު ވިންގުގެ ލީޑަރުކަމުގެ މަގާމާއި ނޮޅިވަރަމް ދާރިގާގެ އަޕަރނޯތް ރީޖަން ހދ. ރައީސް ކަމުގެ މަގާމާއި ހޮޅުދޫ ދާއިރާގެ ނޯތު ރީޖަން ނ. ނައިބު ރައީސް ކަމުގެ މަގާމާއި ތުޅާދޫ ދާއިރާގެ ނޯތު ރީޖަން ބ. ގެ ރައީސް ކަމުގެ މަގާމުގެ އިންތިޚާބު ކަމަށެވެ.

މިއަދުގެ ވޯޓުލާ ނިމުމުން އެމަރުކަޒަކުން ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ނިންމާފައިވާއިރު، ވޯޓުލާނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވެސް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް