އަދުލު އިންސާފު ގާއިމް ކޮށްދީ، ގައުމުގެ ސިޔާދަތު ހިފެހެއްޓޭނޭވަރުގެ ހަރުދަނާ ލީޑަރަކީ ހަމައެކަނި ނާޒިމް: އެމްއެންޕީ ނައިބު ރައީސް

ވައްކަމާއި ކޮރަޕްޝަން ހުއްޓުވާ، އަދުލު އިންސާފު ގާއިމް ކޮށްދީ، ގައުމުގެ ސިޔާދަތު ހިފެހެއްޓޭނޭވަރުގެ ހަރުދަނާ ލީޑަރަކީ އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ކަމަށް އެމްއެންޕީގެ ނާއިބު ...

06 Aug 2022 | 06:27

ވައްކަމާއި ކޮރަޕްޝަން ހުއްޓުވާ، އަދުލު އިންސާފު ގާއިމް ކޮށްދީ، ގައުމުގެ ސިޔާދަތު ހިފެހެއްޓޭނޭވަރުގެ ހަރުދަނާ ލީޑަރަކީ އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ކަމަށް އެމްއެންޕީގެ ނާއިބު ރައީސް ގްލޯރިއާ ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، އެންމެ ގާބިލް ބޭފުޅެއްގެ ގޮތުގައި މިހާރު ހުރީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ކަމުގައެވެ.

" ވައްކަމާއި ކޮރަޕްޝަން ހުއްޓުވާ، އަދުލު އިންސާފު ގާއިމް ކޮށްދީ، ގައުމުގެ ސިޔާދަތު ހިފެހެއްޓޭނޭވަރުގެ ހަރުދަނާ އެހެން ލީޑަރެއް މިހާރު ސިޔާސީ މަސްރަހުގައި ނެތް" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރުވަނީ ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ގޮސްފައި ކަމަށާއި އަތުން ދޫވެ ގޮސްފައިވާ އިގްތިސާދު އަބުރާ ދިވެހިންނަށް ހޯއްދަވައިދެއްވޭނެ ހަަމައެކަނި ލީޑަރަކީ ކާނަލް ނާޒިމްކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ހަގީގީ ކުރިއެރުން ގެނެވެން އޮތީ އެމްއެންޕީ ވެރިކަމަށް އައިސްގެން ކަމުގައިވެސް ހުސެއިން ވިދާޅުވެފައި ވެއެވެ.

އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ވާދަކުރައްވާނޭކަމަށް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީއަކީ އެމްއެންޕީ ނަމަވެސް މިފަހަކަށް އައިސް އެ ޕާޓީން އަންނަނީ އެހެން ޕާޓީތަކަށް ގޮންޖަހައި ކާމިޔާބީތައް ހޯދަމުންނެވެ.

އެގޮތުން ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްއެންޕީން ކާމިޔާބުކުރީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް