ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ދޫކޮށްލައިފި

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ދޫކޮށްލައިފި މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައް...

06 Aug 2021 | 17:22

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ދޫކޮށްލައިފި

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހްމަދު ފާތިހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ފާތިހު ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމެވުމުން ކަމަށެވެ. ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ފާތިހުގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ޕޮލިސް އިންޓެލިޖެންސްގައި މަސައްކަތް ކޮށްފައިވާ ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައި ވަނީ އަދުހަމް އަހްމަދު ރަޝީދާއި މުޖާޒް އަހްމަދާއި ތަހުމީން އަހްމަދުގެ އިތުރުން އަލީ ހައިޝަމްގެ މައްޗަށެވެ.

އެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް އަންނަނީ ތަހުގީގު ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް