ރާއްޖޭގެ ކުރީގެ އިންޑިއަން ހައި ކޮމިޝަނަރު އަޔަލެންޑްގެ ހައި ކޮމިޝަނަރުކަމަށް، ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ

މީގެ ކުރިން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ހައި ކޮމިޝަނަރު، އަކިލޭޝް މިޝްރާ، އަޔަލެންޑުގެ ހައި ކޮމިޝަނަރުކަމަށް އައްޔަނުކުރެއްވުމާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދ...

06 Aug 2021 | 13:38

މީގެ ކުރިން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ހައި ކޮމިޝަނަރު، އަކިލޭޝް މިޝްރާ، އަޔަލެންޑުގެ ހައި ކޮމިޝަނަރުކަމަށް އައްޔަނުކުރެއްވުމާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު، ހައި ކޮމިޝަނަރު މިޝްރާއަށް ތަހުނިޔާ ދަންނަވާފައި ވަނީ ޓްވީޓަކުންނެވެ.

ރައީސް ނަޝީދު ވަނީ މިޝްރާ ރާއްޖޭގައި ކުރެއްވި ފަދަ ރަނގަޅު ޚިދުމަތެއް އަޔަލެންޑުގައި ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތްކަމަށް ވިދާޅުވެފައެވެ. އަދި އަޔަލެންޑަކީ ރީތި ތަނެއް ނަމަވެސް ގުދުރަތީ ރީތިކަމަށް ބަލާއިރު، އެންމެ ރީތި ތަނަކީ ރާއްޖެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި ރާއްޖޭގެ ގުތުރަތީ ރީތިކަމުގެ ވާހަކަ ދައްކަވާފައި ވަނީ ހައި ކޮމިޝަނަރުކަން ކުރުމަށް އަޔަލެންޑަށް ދިއުމުގެ ފުރުސަތު ލިބުނަކަން ހިއްސާކުރައްވައި ކުރެއްވި ޓްވީޓްގައި ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައި އޮތް ރާއްޖެއިން ގުދުރަތީ ރީތިކަމަށް މަޝްހޫރު އަދި އެންމެ އެކުވެރި މީހުން ދިރިއުޅޭ ގައުމަށް ބަދަލުވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް