ޝަރީފް ވިދާޅުވަނީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް!

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާއު ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. މެމްބަރު ޝަރީފް މިހެން ވިދާޅުވީ...

06 Aug 2021 | 11:47

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާއު ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝަރީފް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާއު ކުރުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް މުހިންމުކަން އެންމެނަށްވެސް އެނގެން ޖެހޭ ކަމަށެވެ. އަދި އެހެން ނަމަވެސް ޗައިނާ އަދި އެމެރިކާ ފަދަ ޤައުމުތަކާއި ގުޅުން ބަދަހިކުރަން ޖެހޭކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވި އިރު ހެލިކޮޕްޓަރު އުދުއްސަން ދިވެހިން ތަމްރީނު ކުރަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭތާ މިހާރު 11 އަހަރުވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް