ރާއްޖޭގައި 280،000 އަށް ވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި

ރާއްޖެއިން އިތުރު 1،800 އަށް ވުރެ ގިނަ މީހުން ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށް ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 280،000 އަށްވުރެ މައްޗަށް އަރައިފިއެވެ. އެންމެ ފަ...

06 Aug 2021 | 10:00

ރާއްޖެއިން އިތުރު 1،800 އަށް ވުރެ ގިނަ މީހުން ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށް ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 280،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 739 މީހުން ޖަހައިފައި ވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 1،077 މީހުން އަދި މާލެ ސަރަހައްދުން 807 މީހުން ފުރިހަމަކޮށްފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް