ހުޅުމާލޭ "އޮރެންޖް ހިޔާ"ގެ މަސައްކަތް އޮކްޓޫބަރު މަހު ނިމޭނެ!

ކޯވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަލަށް ހަދާ "އޮރެންޖެ ހިޔާ" ކޯވިޑް ފެސިލިޓީގެ މަސައްކަތް އޮކްޓޯބަރުމަހަށް ނިމޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބު...

06 Aug 2021 | 09:54

ކޯވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަލަށް ހަދާ "އޮރެންޖެ ހިޔާ" ކޯވިޑް ފެސިލިޓީގެ މަސައްކަތް އޮކްޓޯބަރުމަހަށް ނިމޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

މި ފެސިލިޓީއަށް ބޭނުންވާ ޞިއްޙީ ސާމާނާއި، ދާއިމީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

މި ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗް.ޑީ.ސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައެވެ. ޢެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސްގެން ހަދާ މި ފެސިލިޓީގެ ހުރިހާ މަސައްކަތެއް ކުރަނީ އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ. މިއީ 2 ފަންގިފިލާއަކަށް ހަދާ ފެސިލިޓީއެކެވެ.

އެޗް.ޑީ.ސީން ބުނީ، މި ފެސިލިޓީގެ ގާތްގަނޑަކަށް 41 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ ޕާޓިޝަންގެ މަސައްކަތާއި، ފެބްރިކޭޝަންގެ މަސައްކަތާއި، ކުލަލުމާއި ސީލިންގގެ މަސައްކަތްތައްކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

މި މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް އެއްކޮށް ނިމޭނެކަމަށް އެޗް.ޑީ.ސީން ލަފާކޮށްފައިވަނީ އަންނަ އޮކްޓޯބަރުމަހަށެވެ.

މި ފެސިލިޓީގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި، ދާއިމީ މެޑިކަލް ސްޓާފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވަނީ ވިދާޅުވެފައެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް