ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކާޖޮލް ދޭވްގަންގެ47 ވަނަ އުފަންދުވަސް ފާހަގަ ކުރަން ސަޕޯޓަރުން ގެންދިޔަ ކޭކަށް ހެދިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ކުޑަކުދިންތަކެއް ހިމެނޭހެން އޭނާއަށް ވަރަށް ސަޕޯޓު ކުރާ ހައެއްކަ މީހުން ވަނީ ކާޖޮލް ގޭ ކައިރިއަށް އިއްޔެ ކޭކެއް ހިފައިގެން ގޮސްފަ އެވެ.
ކާޖޮލް އެ ކޭކު ފެޅީ އެމީހުންނާއި ވިހާވެސް ދުރުގައި ހުރެގެން އެމީހުން ދިން ވަޅީގައިވެސް ފާޑަކަށް އަޮތްލުމަށް ފަހު އެވެ. އަދި ކޭކުން އެތިކޮޅެއް ކާލުމަށް ސަޕޯޓަރަކު އެދުމުން އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފައި އެވެ.
އެމީހުންނާއި އެކު ފޮޓޯ ނެގި އިރުވެސް އޭނާ ހުރީ ވަރަށް ދުރުގައި އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކާޖޮލް އުޅުނީ ސަޕޯޓަރުންގެ ކިބައިން ސަލާމަތްވެގެން އަވަހަށް ގެއަށް ނުވަދެވިގެންނެވެ.
އެ މަންޒަރުތަކުގެ ވީޑިއޯ އާންމުވުމާއި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކާޖޮލްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
https://www.instagram.com/p/CSM-JqNqS1W/
ސޯޝަލް މީޑިއާގައި އެ ވީޑިއޯއަށް ކޮމެންޓު ކުރި މީހުން ވަނީ ކާޖޮލް ސަޕޯޓަރުންނަށް ކަންތައްކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށް ބުނެފަ އެވެ. އެއީ އެމީހުން އަމިއްލަ ހަރަދުގަިއ ކޭކު އަޅައިގެން ކާޖޮލް ދެކެ ވާ ލޯބި ހާމަ ކުރުމަށް އޭނާގެ އިފަން ދުވަހު ދިޔުމުން އޭގެން ކޭކުކޮޅެއްވެސް ކާލާފައި ނުވާތީ އެވެ.
އަނެއް ބަޔަކު ވަނީ އެފަދަ ތަރިންނަށް ސަޕޯޓުކޮށް އަމިއްލަ އަތުން ހަރަދު ކުރުން އާންމުން ހުއްޓާލަން ޖެހޭ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް