އަނަސްއަށް ހަމަލާދީ މަރާލި މީހުން ހައްޔަރުކޮށްފި

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރ. މީދޫ، މުހައްމަދު އަނަސް މަރާލި މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށްފައިވަނީ މ. އަސަރީހިޔާގަ...

06 Aug 2017 | 18:51

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރ. މީދޫ، މުހައްމަދު އަނަސް މަރާލި މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށްފައިވަނީ މ. އަސަރީހިޔާގައި ތިއްބައެވެ. ފުލުހުން ބުނީ އެގެއިން ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި އަނަސް މަރާލި މީހުންކަން ޔަގީން ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. އެކަމަކު އަނަސް މަރާލީ އޭގެ ތެރެއިން ކިތަން މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.  ދެން އެގެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.

މާލޭގައި ސިލްސިލާކޮށް ހިންގި މާރާމާރީތަކާއި ގުޅިގެން 23 މީހަކު ހައްޔަރު ކުރުމަށް ފަހު 34 މީހަކު ކޯޓު އަމުރެއްގެ ދަށުން ދަނީ ހޯދަމުންނެވެ. އޭގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާކަން މިއަދު ފުލުހުން ހާމަކުރި އެވެ.

ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަތް ގްރޫޕު މާރާމާރީއެއް ހިންގާފައިވާއިރު ދެ މީހަކު ވަނީ މަރާލާފައި އެވެ. އެއީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމާއި (24އ)، އާއި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް (25އ) އެވެ. މިހާތަނަށް ނަދީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް