އުރީދޫއިން ވިއްކި ހިއްސާތައް ހިއްސާދާރުންގެ އެމްއެސްޑީ އެކައުންޓްތަކަށް ޖަމާކޮށްފި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް ގެ 2.2.9 ވަނަ މާއްދާގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް އެކަށައަޅައި، ޙިއްޞާތައް ޙިއްޞާދާރުންގެ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތ...

06 Aug 2017 | 09:29

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް ގެ 2.2.9 ވަނަ މާއްދާގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް އެކަށައަޅައި، ޙިއްޞާތައް ޙިއްޞާދާރުންގެ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން، އުރީދޫއިން އާންމުކޮށް އިޢުލާނުކޮށްފި އެވެ.

އުރީދޫއިން ބުނީ ޙިއްޞާތައް އެކަށައެޅިފައިވާކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން ބަޔާންކޮށް ކޮންމެ ޙިއްޞާދާރަކަށް ރަސްމީ ލިޔުމެއް ފޮނުވިފައިވާ ވާހަކަ ދަންނަވާކަމަށާއި މި ލިޔުން ފޮނުވިފައިވާނީ ޙިއްޞާ ގަތުމަށްޓަކައި ޙިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ކަމަށެވެ.

"ޙިއްޞާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ބަލައިގަނެ ޙިއްޞާ އެކަށައަޅައި ދެވިފައި ނުވާ ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް މިހާރުކުރެވެމުންއެބަދެއެވެ. އަދި ރިފަންޑް ކުރެވުމާއެކު އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެވާހަކަވެސް ދެންނެވީމެވެ. ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރެވޭނީ  ޙިއްޞާ ގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށެވެ." އުރީދޫއިން ހާމަކުރެ އެވެ.

އުރީދޫއިން ހާމަކުރާގޮތުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ނަންބަރު 3307878 ނުވަތަ އުރީދޫ މޯލްޑިވްސްގެ އިންވެސްޓަރ ރިލޭޝަންސް ގެ ނަންބަރު 9611992 އަށް ރަސްމީ ބަންދު ނޫން ގަޑީގައި (ހެނދުނު 8:30 ން ހަވީރު 4:30 އަށް) ގުޅުއްވުން އެދޭ ކަމަށާއި އީމެއިލް އިން މަޢޫލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ [email protected]   އަށް އީމެއިލް ކުރެވުން އެދޭ ކަމަށެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، 9 އޮގަސްޓް 2017 ވަނަ ދުވަހުން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނެކަމުގައި ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް