މާފުށީގައި އިއްޔެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި ވަޅިން ހަމަލާދިނުމުން ޒަހަމްވި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.
ވަޅި ހެރުމުން ލިބުނު ޒަހަމްތަކާއި ގުޅިގެން ރައްޒާންގެ އޮޕަރޭޝަނެއް ވަނީ ކޮށްފައި އެވެ. އެ ހަމާލައި ވަޅި ހެރިފައިވަނީ ރައްޒާންގެ ވާތް ފަރާތު، ކުރިމަތިން ކޮނޑާ ދިމާއަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކުރިން ފާހަގަވެފައި ނުވާ ގެއްލުންތަކެއް ރައްޒާންގެ ފުއްޕާމެއަށް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ ރައްޒާންގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރަން އައޖީއެމްއެޗުގެ ޑޮކްޓަރުން ތައްޔާރުވަމުންދާ ކަމަށެވެ.
ރައްޒާންއަށް ހަމަލާދީފައިވަނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެކަން ހުއްޓުވުމަށް ހިންގި އިޮަރޭޝަންގެ ތެރޭގަ އެވެ. އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަޒުހަރު އިބްރާހިމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ.
އެ މައްސަލައިގަ ހައްޔަރު ކުރި ކުޑަކުއްޖާ ދޫކޮށްލުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު އަނެއް ދެމީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް