އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކްރޫޒް ދަތުރު ނޮވެމްބަރުގައި ފެށޭނެ: މުމްބައި ޕޯޓް ޓްރަސްޓް

ކަނޑުދަތުރުފަތުރު ކުރިއެރުވުމަށް އިންޑިއާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކްރޫޒް ލައިނެއްގެ ދަތުރު ނޮވެމްބަރު މަހުގައި ފެށޭނެ ކަމަށް މުމްބައި ޕޯޓް ޓްރަސްޓުން...

06 Aug 2017 | 02:34

ކަނޑުދަތުރުފަތުރު ކުރިއެރުވުމަށް އިންޑިއާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކްރޫޒް ލައިނެއްގެ ދަތުރު ނޮވެމްބަރު މަހުގައި ފެށޭނެ ކަމަށް މުމްބައި ޕޯޓް ޓްރަސްޓުން ހާމަކޮށްފި އެވެ.

އިންޑިއަން ޓައިމްސްގެ ދަށުން ހިންގަމުން އަންނަ ބާރަތު ޓައިމްސްގައި ބުނެފައިވަނީ ކޯސްޓަ ކްރޫޒްގެ ދަތުރު އިންޑިއާގެ ބޮމްބޭން ފެށުމަށް ހަމަޖެހިފައިވާއިރު އެ ކްރޫޒް ދަތުރު ކުރާނީ ބޮމްބޭން ކޮޗިން ބަދަނރަށެވެ އަދި އެއަށްފަހު ރާއްޖެ އަށެވެ.

ކޯސްޓަ ކްރޫޒުން ހާމަކޮށްފައިވާގޮތުގައި މި ދަތުރުތަކުގައި ދެ ޕެކޭޖެއް ހިމެނޭނެ އެވެ. އެއީ ހަތަރު ދުވަހާއި ތިން ރޭގެ ޕެކޭޖާއި ހަތް ދުވަހާއި ހަތް ރޭގެ ޕެކޭޖެކެވެ. މި ދަތުރުތަކުގައި ބައިނަލްއަގްވާމީ ކެއުންތައް ފޯރުކޮށްދޭނޭ ކަމަށްވެސް ކްރޫޒްލައިނުން ބުނެފައި ވެ އެވެ. މި ދަތުރުތަކަކީ އިންޑިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ކަނޑު ދަތުރުފަތުރު ކުރިއެރުވުމަށް ކުރިއަށްގެންދެވޭ ކަމެއްކަމަށް މުމްބައި ޕޯޓުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް