މި ގަރުނުގެ ތެރޭގައި އާބާދީގެ ގޮތުން ޗައިނާގެ މައްޗަށް އިންޑިއާއިން ކުރިހޯދާނެކަމުގައި ލަފާކުރެވޭ ކަމަށް އދ އިން ހާމަކޮށްފި އެވެ.
އދ އިން މިކަން ހާމަކޮށްފައިވަނީ އދ އިން ހާމަކޮށްފައިވާ އައު އަންދާޒީ ތަފާސްހިސާބުތަކެއްގަ އެވެ. އައު އަންދާޒީ ތަފާސްހިސާބުތަކުގައިވާގޮތުން އާބާދީގެ ގޮތުން އިންޑިއާ، ޗައިނާގެ މައްޗަށް ކުރިހޯދާނެ ކަމަށް ލަފާކޮށްފައިވަނީ 2024 ހިސާބުގަ އެވެ.
އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ޗައިނާގެ އާބާދީއަކީ 1.41 ބިލިޔަން މިހުންނެވެ. އިންޑިޔާގެ އާބާދީއަކީ 1.34 ބިލިޔަން މީހުންނެވެ. މި ދެ އާބާދީއަކީ ދުނިޔޭގެ އާބާދީގެ 18 ނުވަތަ 19 އިންސައްތަ ކަމަށްވެސް އދ އިން ހާމަކޮށްފައި ވެ އެވެ.
އދ އިން ހާމަކޮށްފައިވާ ތަފާސްހިސާބު އަންދާޒާކޮށްފައިވަނީ އިންޑިއާ އަދި ޗައިނާގައި އާބާދީ އިތުރުވަމުން އަންނަ ނިސްބަތާއި ސްޕީޑަށް ރިއާޔަތް ކުރުމަށްފަހުގަ އެވެ.
އދ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު އޭސިއާގައި އާބާދީ އެންމެ މަދު ގައުމުތަކަކީ ބޫޓާން، ބްރޫނާއި އަދި ދިވެހިރާއްޖެ އެވެ. ރާއްޖެއަކީ މުޅި އޭސިއާއިންވެސް އާބާދީ އެންމެ މަދު ގައުމުކަމުގައި ފާހަގަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް