މާފުށީ ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ބަޔަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ފުލުސް ކޮންސްޓެބަލް އަލީ ރިޒާންގެ ހިތްވަރަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ނަޝީދު، ރިޒާނަށް މަރުހަބާ ދަންނަވާފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފުލުސް ކޮންސްޓެބަލް އަލީ ރިޒާންގެ ހިތްވަރަށް މަރުހަބާ ދަންނަވާ ކަމަށާއި އަދި އަވަސް ޝިފާއަކަށް އެދިލައްވާ ކަމަށެވެ. މީގެ އިތުރުން ވަޅި ޖެހުމުގެ ފިނޑި އަމަލު އަބަދުވެސް ކުއްވެރިކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެ އެވެ.
ރިޒާނަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހާއާއި އޭނާއާއެކު އެ ޖަރީމާގައި ބައިވެރިވި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައި ވެ އެވެ. އަދި ހަމަލަ ދިން މީހާގެ ވަނަވަރު ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް