ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް

ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ. މެޓް އޮފީހުން ފަތިހު 04:26ގައި ބުނެފައިވަނީ...

06 Aug 2017 | 01:42

ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ފަތިހު 04:26ގައި ބުނެފައިވަނީ މިއަދު ފަތިހު 04:45 އާއި ހެނދުނު 10:45 އާއި ދެމެދުގެ ވަގުތުތަކުގައި ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް