ހުޅުމާލޭގައި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެއްޖެ – ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވޭ

ހުޅުމާލޭގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހ...

05 Aug 2017 | 20:12

ހުޅުމާލޭގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ހުރި އަމީން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޯވެފައިވަނީ އަމީން ކުންފުނީގެ ގުދަނެއް ހިންގަމުން އަންނަ އިމާރާތެއްގެ އެންމެ މަތީ ބުރީގަ އެވެ. އެ ބުރިއަކީ އެކޮމޮޑޭޝަން ބްލޮކެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ތިން މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ދުމުގެ އަސަރުކޮށްގެން ފަސް މީހަކަށް ފަރުވާދޭން ވަނީ ފަށާފަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީންނެވެ. އަދި އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ ޖުމްލަ 21 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އިތުރު ފަރުވާއަށް ދެމީހަކު މާލެ ފޮނުވާލާފައިވާކަމަށެވެ.

އަލިފާން ރޯވި އިމާރާތަކީ ތިން ބުރިއަށް ހަދާފައި ހުންނަ އިމާރާތެކެވެ. ދެ ފްލޯގައި ގުދަން އަދި އެންމެ މަތީގައި އެކޮމޮޑޭޝަން ބްލޮކެކެވެ. ރޯވެފައިވަނީ އެންމެ މަތީ ބުރީގަ އެވެ. އެންމެ ތިރީ ބުރީގައި އަދި އަލިފާން ރޯވެފައެއް ނުވެ އެވެ. އެމްއެންޑީއެފުން ހާމަކުރާގޮތުގައި އަލިފާންގަނޑުވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް