ނައިބު ރައީސް އަހުމަދު އަދީބް މިޞްރުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ރަސްމިއްޔާތު އޮ...

06 Aug 2015 | 13:35

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ރަސްމިއްޔާތު އޮތީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސުނު ވަގުތު މިޞްރުގެ ރަށެއްކަމައްވާ އިސްމައިލިއްޔާގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، މިޞްރަށް ފުރާވަޑައިގެންނެވީ ބުދަ ދުވަހުއެވެ. އެމަނިކުފާނު މިޞްރަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ މިޞްރުގެ މިނިސްޓަރ އޮފް ވޯޓަރ ރިސޯސަސް އެންޑް އިރިގޭޝަން، ހުސާމް މުޣާޒީއެވެ.

މިއީ ނައިބު ރައީސް ކަމާއި އަދީބް ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ނައިބު ރައީސްގެ މަގާމާ އަދީބް ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް