އިމްރާން އަނެއްކާ ވެސް ޖަލަށް ބަދަލުކޮށްފި

ޓެރަރިޒަމް ދައުވާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޝަރީއަތް ނިމެންދެން އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ. އިމްރާން ޖަލަށް ބަދަލުކޮށްފައިވަނީ މީގެ...

06 Aug 2015 | 12:57

ޓެރަރިޒަމް ދައުވާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޝަރީއަތް ނިމެންދެން އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.

އިމްރާން ޖަލަށް ބަދަލުކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި އަޑުއެހުމަކަށްފަހުއެވެ.

ޝަރީއަތުން ވަކިގޮތެއް ނިމެން ދެން ޝެއިހް އިމްރާން ގޭ ބަންދަށް ބަދަލުކުރީ އިއްޔެއެވެ.

ކްރިމިނަލް ކޯޓުން ދެންމެ އެގޮތަށް އަމުރު ކުރައްވަމުން ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ، ޝަރީއަތް ނިމެންދެން ޝެއިހް އިމްރާން ގެއަށް ބަދަލު ކުރަން ނިންމީ ދާދި ފަހުން ލިބުނު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

އެރިޕޯޓުގައި ބުނެފައިވަނީ ކީކޭތޯ އިމްރާނުގެ ވަކީލުން ސުވާލު ކުރެއްވުމުން ގާޒީ ބާރީ ވިދާޅުވީ، އެއީ ސިއްރު ރިޕޯޓަކަށް ވުމުން އޭގައި ހުރި އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މޭޑޭގެ މުޒާހަރާއާއި ގުޅިގެން އިމްރާން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލަމުން ގެންދާއިރު، އިމްރާން ކުރިން ބަންދުކޮށްފައިވަނީ ވެސް ފުލުހުންގެ ރިޕޯޓަކާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް