ޝެއިޚް އިމްރާން ކޯޓަށް ޙާޒިރު ކުރުމަށް ކަރެކްޝަނަލްގެ އޮފިސަރުން އިންރާންގެ ގެ އަށްގޮސްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުން ކުރިމިނަލް ކޯޓަށް ގެންގޮސްފި އެވެ. ކަރެކްޝަނަލްގެ އޮފިޝަލަކު ދުވަހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކަރެކްޝަނަލްގެ އ...

06 Aug 2015 | 12:27

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުން ކުރިމިނަލް ކޯޓަށް ގެންގޮސްފި އެވެ.

ކަރެކްޝަނަލްގެ އޮފިޝަލަކު ދުވަހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކަރެކްޝަނަލްގެ އޮފިޝަލުން އިމްރާންގެ ގެކޮޅަށް ވަޑައިގަތީ، ޝެއިޚް އިމްރާން ކްރިމިނަލް ކޯޓަށް ޙާޒިރު ކުރުމަށް ކޯޓުން ކަރެކްޝަނަލް އަށް ޗިޓު ފޮނުވާފައި އޮތުމުން ކަމަށެވެ. ނަމަވެސް ޝެއިޚް އިމްރާން ކްރިމިނަލް ކޯޓަށް ޙާޒިރު ކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފުވާގޮތްވަނީ ނުވެފައެވެ.

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އިއްޔެ ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ.

އިމްރާންގެ ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދީފައިވާ އަމުރު މުރާޖާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމަށް ފަހުއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާ އާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޝެއިހް އިމްރާން ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖުލައި 23 ގައެވެ.

ޝަރީއަތް ނިމެންދެން ޝެއިހް އިމްރާން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް