އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ބައިސްކަލެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓްގައި ޒަޚަމްވި އެކެއްގެ ބޮލަށް އަނިޔާވެފައިވާއިރު، އެމީހާއަށް މިހާރު ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ވެސް ސީރިއަސް ގެއްލުމެއް ލިބިފަނުވާކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް