ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ރައީސް އަބުދުﷲ ޔާމީންއާއި، ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
80 މިލިޔަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކޮށްގެން ޓްރީ ޓޮޕްގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރާ ހޮސްޕިޓަލަކީ 159 އެނދުގެ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް މިއަދު އަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވާއިރު، އެމަސައްކަތް ކުރާނީ ތުރުކީގެ ޓާމަކްސްއިންނެވެ. އަންނަ އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް ނިމޭއިރު އެ ހޮސްޕިޓަލު ހިންގާނީ މެލޭޝިޔާގެ ސިމް ޑާބީއިންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗަމްޕާ ބްރަދާސްގެ ޑިރެކްޓަރު ހުސެއިން އަފީފު ވިދާޅުވީ، އެ ހޮސްޕިޓަލަކީ މިސަރަހައްދުގައި އެޅޭ އެންމެ ބޮޑު ހޮސްޕިޓަލަށް ވެގެންދާނެ ކަމަށާއި، ޓްރީ ޓޮޕްގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ބޭސްފަރުވާގެ ހުރިހާ ހިދުމަތްތަކެއް އެތަނުން ދެވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް