ދިވެހިންގެ ހަރުމުދާ ވިއްކާނުލައި، ދިވެހި ދައުލަތް ހިންގަން ނުދަންނަ މީހަކުނަމަ، ދިވެހި ސިންގާ ސަނާގައި ހުރުމަށް އެމީހަކު ކުފޫހަމަނުވާކަމުގައި ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އިމްރާން ވިދާޅުވެފައިވަނީ ހުޅުލޭ އެއަރޕޯޓް ވިޔަސް، ހަނިމާދޫ އެއަރޕޯޓް ވިޔަސް، އެއީ ދިވެހިންގެ އަގުބޮޑު މުދާ ކަމަށާއި އެތަންތަން ތަރައްޤީކުރި ލީޑަރުން ބޭރުމީހުންނަށް އެތަންތަން ވިއްކާނުލާ އެކަން ކޮށްފަ އެއޮތީ، ނަޒަރު ހުސްވާ ހިސާބަށްވުރެ ދުރަށް އެބޭފުޅުންނަށް ވިސްނަން އެނގޭތީ ކަމަށެވެ.
" މާފަހުން އަންނަ ބަޔަކު، އެފަދަ އަގުހުރި އެސެޓްތައް އުފައްދަން ނޭނގޭތަނުގައި، ކުރީގެ ލީޑަރުން ދިވެހިންނަށްޓަކައި ކޮށްދީފައި ހުރިމަސައްކަތް ވިއްކާލަން ވިސްނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން" އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒަށް މި ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުން ލިބިވަޑައިގަންނަވަންވީ އެންމެ މުހިންމު ފިލާވަޅަކީ، ޒާތީ މަސްލަހަތަށްޓަކައި ގައުމުގެ ތަރިކަ ވިއްކައިގެން ވެރިކަންކުރަން އުޅުމަކީ ދިވެހިން ބަލައިނުގަންނަ، ފޭލިވެފައި އޮތް ސިޔާސަތެއްކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް