ނ. އަތޮޅު "ފަރުމުލި" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އާއި "ކަނޑިންމާހުރާ" އެ އަތޮޅުގެ މާފަރުގެ ބައެއްގެގޮތުގައި ކަނޑައަޅުއްވާފައި ވަނީ 15 އެޕްރީލް 2024 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކުންނެވެ.
އެ މަނިކުފާނު މިއަދު ޝާއިޢުކުރެއްވި ޤަރާރަކުން މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 އިން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މީގެ އިތުރުން ރައީސް ވަނީ ޤާނޫނު ނަންބަރު 99/2 ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ކަނޑައަޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް