ކައުންސިލު އިމާރާތްތައް އެޅުން އެ ކުންފުނިން އަތުލައި އެހެން ކުންފުންޏަކާ އެބަ ހަވާލުކުރަން: ވަޒީރު އާދަމް ޝަރީފް

ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާ ކުންފުނީގެ އަތުން އެކަން އަތުލައި އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވ...

06 Jul 2025 | 10:58

ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާ ކުންފުނީގެ އަތުން އެކަން އަތުލައި އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު  އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ މަސައްކަތް ހެކްސްޓަރ މޯލްޑިވްސް ކުންފުންޏާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ވަޒީރު މިއަދު ވިދާޅުވެފައިވަނި 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލުކޮށްފައި ކަމަށާއި އެއީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައި ނުގަތުމުން ކަމަށެވެ.

"މި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް