އިއްޔެ ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ ލައިސަންސު އޮތަސް ނެތަސް ހިފަހައްޓާ ޓޯ ކުރާ ކަމަށާއި، ވާހަކަ ދައްކަނީ ބާޒާރު ބަހުރުވައިން ކަމަށެވެ. ހިފަހައްޓާފައި ސުވާލު ކުރަނީ ސައިކަލުގެ ފަހަތުގައި އިންނަ މީހާއާ ކަމަށެވެ.
"ކޮން އިންސާފެއްތޯ މިއީ؟" ފުލުހުން ޓެގުކޮށް އޭނާ ބުނެފައިވެއެވެ.
އެ ސްޓެޓަސްސްގެ ސްކްރީންޝޮޓެއް ފުލުހުންނާ ހިއްސާކޮށް އެއީ ކިހިނެއް ވީކަމެއްތޯ ސުވާލުކުރުމުން މިއަދު ފުލުހުން މިވަނީ އެ ސުވާލަށް ޖަވާބުދީފައެވެ.
އެ ސުވާލުގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ އެ މައްސަލައިވާ ސައިކަލު ފަހަތުގައި އިން މީހާއާ ސުވާލުކޮށް ފިޔަވަޅު އަޅާފައިވަނީ، ފުލުހުން ފެނުމުން ދުއްވަން އިން މީހާ ބަދަލުކުރުމާގުޅިގެން ކަމަށެވެ.
"ހުއްޓުވައި ބެލި އިރު ލައިސަންސެއް ނެތް މީހަކު އުޅަނދު ދުއްވާފައިވާތީ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައިގާ ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް