މާލޭގެ ގެއަކުން ވަގަށްނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

މާލެ، މައްޗަންގޯޅި ގެއަކުން ވަގަށްނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މާލެ، މައްޗަންގޯޅި ގެއަކުން ވައްކަންކޮށްފައިވާ މައްސަލަ...

06 Jul 2025 | 08:04

މާލެ، މައްޗަންގޯޅި ގެއަކުން ވަގަށްނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާލެ، މައްޗަންގޯޅި ގެއަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައި ވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ.

ފުލުހުން ބުނީ އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު،، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ.

އަދި މި ތަކެތީގެ އަގު 60000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށާއި އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ވެރިފަރާތާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލާގައި، މިހާތަނަށް ހޯދިފައިނުވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް