މިއީ ދުވަހުގެ ކިޔުންތެރިންނަށް މިއަދުވެސް ތަފާތު މަޢުލޫމާތުކޮޅެއް ހިއްސާކޮށްލުމުގެ ނިޔަތުގައި ލިޔެލާ ލިޔުންކޮޅެކެވެ.
ފޮޓޯގައި އެވަނީ މާލީއަށް ނިސްބަތްވާ ހަލީމާ ސިއްސޭއާއި އޭނާގެ ފިރިމީހާ އަބްދެލްކާދަރް އަރްބީ އާއި އެ ދެމަފިރިންނަށް ލިބުނު އެއްމާބަނޑު ނުވަ ދަރީންނެވެ.
މޮރޮކޯގެ ސްޕެޝަލް ކެއަރ ސެންޓަރެއްގައި ހަލީމާ އެ ނުވަ ދަރީން ވިހެއީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ލިބުނީ ހަތަރު ފިރިހެން ދަރީންނާއި ފަސް އަންހެން ދަރީންނެވެ.
އުމުރުން މިހާރު 29 އަހަރުގެ ހަލީމާއަށް ލިބުނު އެއްމާބަނޑު ނުވަ ދަރީންގެ ހަތަރުވަނަ އުފަންދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.
އެ ދަރީންނަށް ދީފައިވާ ނަންތަކަށް ބަލައިލާއިރު ފިރިހެން ހަތަރު ދަރީންނަށް ދީފައިވާ ނަންތަކަކީ މުހައްމަދު IV، އޫމަރް، އެލްހާއްޖީ އަދި ބާހް އެވެ. އަންހެން ދަރީންނަށް ދީފައިވާ ނަންތަކަކީ ކަދީދިއާ، ފަތޯމާ، ހަވާ، އާދަމާ އަދި އޮއުމޮއު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް