އެއާޕޯޓުގެ ކަންބޮޑުވުން ގިނަ ބަޔަކު އަޅުގަނޑާ ހިއްސާކުރަމުން އެބަދޭ: ޝައިޚް އިމްރާން

ކުއްޔަށްދިނުމުގެ ނަމުގޢި އެއަރޕޯޓު ބިދޭސީ ކުންފުންޏަކަށް 25 އަހަރަށް ހަވާލުކުރުމާމެދު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ހިއްސާކުރަމުން އަންނަކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަ...

06 Jul 2025 | 04:28

ކުއްޔަށްދިނުމުގެ ނަމުގޢި އެއަރޕޯޓު ބިދޭސީ ކުންފުންޏަކަށް 25 އަހަރަށް ހަވާލުކުރުމާމެދު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ހިއްސާކުރަމުން އަންނަކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އިމްރާން ވިދާޅުވެފައިވަނީ ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ ދިވެހިންގެ އަތުގައި އޮތް އެންމެ އަގުބޮޑު އަދި އިސްތިރާޖީގޮތުން އެންމެ މުހިންމު އެސެޓް ކަމަށާއި އެތަން މިހާތަނަށް ދިވެހިންގެ ފުރިހަމަ ބާރުހިނގާ ތަނެއްގެ ގޮތުގައި އެއޮތީ އެތައްބައިވަރު ދިވެހިންގެ ނުހަނު ބުރަ މަސައްކަތުން ކަމަށެވެ.

" ކުއްޔަށްދިނުމުގެ ނަމުގޢި އެއަރޕޯޓު ބިދޭސީ ކުންފުންޏަކަށް 25 އަހަރަށް ހަވާލުކުރުމާމެދު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން އަޅުގަނޑާ ހިއްސާކުރަމުން އެބަދޭ" އޭނާ ވިދާޅުވެފައިވެއެވެ.

މިކަމުގައި ދިވެހިންގެ އުދާސްތަކާއި ކަންބޮޑުވުން އަޑުއަހާ އެކަންކަމަށް ފުރިހަމަޔަށް ޖަވާބުދާރީވުމަށް ސަރުކާރަށް އިމްރާން ގޮވާލައްވާފައިވެއެވެ.

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ދުބާއީގެ ކުންފުންޏަކަށް ދޭން އުޅޭ ކަމުގެ އަޑު ގަދަވެފައިވާއިރު އިއްޔެ އެމްއޭސީއެލްއިން ބުނެފައިވަނީ އެކަމުގައި ހަގީގަތެއް ނެތް ކަމަށާއި އެފަދަ ޕްރޮޕޯޒަލެއް ލިބިފައިވީނަމަވެސް އެ ޕްރޮޕޯޒަލާއިމެދު އަދި ގޮތެއް ނިންމާފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް