ގޭންގަކުން ފުލުހަކު ބްލެކްމެއިލްކޮށް އާއިލާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މިރޭ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑްރަގްގެ މައްސަލައެއްގައި ދައުވާ އުފުލޭ ގޭންގަކުން ހުޅުމާލެ ޕޮލިސްސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ފުލުހަކު ބްލެކްމެއިލްކޮށް ފުލުސްމީހާގެ އަނބިމީހާއަށް އޭނާގެ ދަރިން ކުރިމަތީގައި ވަނީ ފުރައްސާރަ ކޮށްފައި ކަމަށެވެ. އަދި ފުލުހުންނަށް އެމީހުންގެ އާއިލާގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭއިރު އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެތޯ ސުވާލު އުފައްދާ އޭނާ ވަނީ އެ ޕޯސްްޓުގައި ޝިފާންގެ އިތުރުން ޕޮލިހުން ޓެގު ކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޝިފާން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމަށް މިކަން ހިނގި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަން ޝިފާން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް