ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލް ބުރިކޮށްގެން ވައްކަންކުރި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ދުވަހުގެ ހެނދުނު 06:12 ހާއިރު މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށްނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މާލޭގައި ކޭބަލް ވަގަށްނެގުން ވަނީ މިފަހަކަށް އައި އާއްމު ކަމަކަށް ވެފައެވެ. ކޭބަލް ވަގަށްނަގަނީ އެ ކޭބަލްތަކުން ލޮއިނަރު ވިއްކުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް