ބުދަ ދުވަހުގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް 39،108 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ފައިސާއަކީ ވިލިމާލެ ފުޓްބޯޅަ ސްޓޭޑިއަމުން ކުނި ނަގައި ދިނުމަށް އެފްއޭއެމް އާއި ވެމްކޯއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިނުވާތީ ވެމްކޯއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން، ވެމްކޯއަށް އެފްއޭއެމް އިން ނުދީ ހުރި ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ވެމްކޯއިން ބުނީ، އެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން އެދުނު ގޮތަށް ވިލިމާލެ ފުޓްބޯޅަ ދަނޑު ކުނި އުކައިދިނުމުގެ ހިދުމަތްދީ، އެ ހިދުމަތުގެ އަގުގެ ގޮތުގައި އެފްއޭއެމަށް ބިލްކޮށްފައިވާ އިންވޮއިސްތަކަށް އެފްއޭއެމުން ފައިސާ ދައްކާފައި ނުވާކަމަށެވެ.
އެހެންކަމުން އެ އިންވޮއިސްތަކަށް ދައްކަން ޖެހޭ ޖުމްލަ 39،108 ރުފިޔާ ހޯދުމަށް އެދި އެފްއޭއެމްގެ މައްޗަށް ވެމްކޯއިން ވަނީ ދައުވާ ކޮށްފައެވެ.
އެފްއޭއެމްއިން ދައުވާއަށް ރައްދު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެފްއޭއެމްގެ ފަރާތުން ރައްދު ދީފައި ނުވާތީ، ސިވިލް ކޯޓުގައި
ވެމްކޯއިން އެދުނީ އެފައިސާ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަންގައި ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން ނިންމައިދިނުމަށެވެ.
ސިވިލް ކޯޓުން މި މައްސަލަ ބެލުމަށް ފަހު، އެ ފައިސާއަކީ ވެމްކޯއަށް ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑައަޅައި، އަންނަ ބުދަ ދުވަހުގެ 2:00 ގެ ކުރިން ސިވިލް ކޯޓަށް އެ ފައިސާ ދެއްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް