މެނިންގްކޯކަލް ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، އިތުރު ކޭހެއް ނެތް: ހެލްތް މިނިސްޓްރީ

ރާއްޖެއިން މެނިންގްކޯކަލް ކޭހެއް ފެނި، ކޮންޓެކް ޓްރޭސިން ނިމުނު އިރު ޕޮޒިޓިވް އިތުރު ކޭހެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. މެނިންގޮކޯކަލްއަކީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކު...

06 Jul 2024 | 08:23

ރާއްޖެއިން މެނިންގްކޯކަލް ކޭހެއް ފެނި، ކޮންޓެކް ޓްރޭސިން ނިމުނު އިރު ޕޮޒިޓިވް އިތުރު ކޭހެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މެނިންގޮކޯކަލްއަކީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހިއްޖެ ނަމަ ހާލު ސީރިއަސްވެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖެއިން މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބައްޔަށް ޕޮޒިޓިވްވި ފަރާތާ ކޮންޓެކްޓްވި މީހުން ދެނެގަނެ ކޮންޓެކްޓް ކޮންޓެކްޓް ޓްރޭސިންގ ހަދައި، ކޮންޓެކްޓްވި ފަރާތްތަކަށް ފަރުވާ ފަށާފައެވެ.

އެޗްޕީއޭއިން ކުރިން ބުނީ ބަލި ޖެހުނު މީހާއާއި ކައިރިން އުޅުނު މީހުންނަށް ބަލި ޖެހުމުގެ ފުރސަތު ބޮޑުކަމަށެވެ. މި ބަލީގެ އަލާމާތްތަށް ފެންނަނީ ބަލިޖެހޭތާ އެއް ދުވަހާއި ދިހަ ދުވަހާއި ދެމެދުއެވެ.

ރާއްޖެއިން  މެނިންގޮކޯކަލް ބަލި ފެނުނު ނަމަވެސް އެ ބައްޔަށް ވެކްސިން ޖަހަން ޖެހޭނީ ހައި ރިސްކް މީހުން އެކަނި ކަމަށް ހެލްތް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މިގޮތުން މިއަދު އެޗްޕީއޭއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބުނީ، ކޮންޓެކްޓް ޓްރޭސިން ނިމުނު އިރު އިތުރު ފަރާތެއް މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް