ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހިންގި "ޖޮއިންޓް ޓާސްކްފޯސް" ގައި ޤަވައިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕެއް ހިންގި ބަޔަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ހާމަކުރިކުރިގޮތުގައި އިއްޔެ ފޭސް 1 ގައި ހިންގި މި އޮޕަރޭޝަންގައި ޤަވާއިދާ ހިލާފަށް ޓެކްއަވޭ ޝޮޕެއް ހިންގަމުން އައި އަށް ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.
ބިދޭސީން ރާއްޖޭގައި ވިޔަފާރީ ކުރުން މަނާ ދާއިރާތައް ކަނޑައަޅާ އިގުތިސާދީ ތަރައްޤީ އާއި ވިޔަފާރީއާ ބެހޭ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އެ ލިސްޓުގައި 25 ދާއިރާއެއް ހިމެނޭއިރު، އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ މިހާރުވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތަކެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މިހާތަނަށް 83 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހާ ބިދޭސީއެއްގެ ބަޔާން ނަގަމުން ދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި އެމީހުންގެ ތެރެއިން ސައްޙަ ހުއްދަ ނެތި އަދި ދޫކުރެވިފައިވާ ހުއްދައިގެ ބޭރުން އަމިއްލަ ވިޔަފާރީ ކުރާ މީހުން މިހާރު ވަނީ ދެނެގަނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި އުސޫލުގެ ތެރެއިން އެ ފަރާތްތަށް ރާއްޖެއިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަނީ ވިދާޅުވެފައެވެ.
ޝައްމާނު ވިދާޅުވީ، ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. މި ވައުދުފުޅު ފުރިހަމަ ކުރެއްވުމަށް އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުންދާ ކަމުގެ ޔަގީން ޝައްމާނު ވަނީ ދެއްވާފައެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ ހޯމް މިނިސްޓްރީއާއި އިމިގްރޭޝަނާ ގުޅިގެން "އޮޕަރޭޝަން ކުރަނގި" ނަމުގައި ހާއްސަ އޮޕްރޭޝަނެއް ހިނަގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް