ދޮޅު މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

ދޮޅު މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ޒުވާން ފިރެހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ.މަތިވެރި، ހަނދުވަރީގެ، އަބްދުﷲ ޖަމީލް(33އ) އެވެ. މި މީހ...

06 Jul 2024 | 06:30

ދޮޅު މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ޒުވާން ފިރެހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ.މަތިވެރި، ހަނދުވަރީގެ، އަބްދުﷲ ޖަމީލް(33އ) އެވެ.

މި މީހާއަކީ މީގެ ކުރިންވެސް ކުށުގެ އެތައް ރެކޯޑެއް އޮންނަ މީހެއް ކަމަށް ރިކޯޑުތަކުން ދައްކައެވެ.

ޖަމީލްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހުއްދަ ނޫން ތަނަކަށް ވަނުމާއި، މުދަލަށް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ. ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުގައި އަބްދުﷲ ޖަމީލަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައިވާ މީހެކެވެ. އޭނާގެ ވަނަވަރާއި އެއްކޮށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.

މީގެ ކުރިން އޭނާވަނީ 2023 ވަނަ އަހަރު ފޭކް ބެންކް ސްލިޕެއް ހަދައިގެން ފިހާރައަކުން ވިޔަފާރީ ކުރި މައްސަލައެއްގައި އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

އޭނާގެ  ބަންދު ރިޕޯޓުން ދައްކާ ގޮތުގައި، ދޮޅު މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައަކީ

އިންތިޒާމު ވެގެން، ރާވައިގެން ގިނަ ބަޔަކު ހިމެނޭހެން ކޮށްފައިވާ ކަމެކެވެ.

ޖަމީލް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް