އެންޑީއޭގެ ސީއީއޯކަމުން އިމާދު ވަކިކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯކަމުން އިމާދު ސޯލިހު ވަކިކޮށްފިއެވެ. އިމާދު އެންޑީއޭގެ ސީއީއޯކަމުން ވަކިކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައި ބޭއްވި އެ އެޖެންސީގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވި މެމް...

06 Jul 2024 | 05:22

ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯކަމުން އިމާދު ސޯލިހު ވަކިކޮށްފިއެވެ.

އިމާދު އެންޑީއޭގެ ސީއީއޯކަމުން ވަކިކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައި ބޭއްވި އެ އެޖެންސީގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ދުވަސްއަށް މައުލޫމާތު ލިބުނު ގޮތުގައި އިމާދު މަގާމުން ވަކި ކުރީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި އެންޑީއޭ އިން ކުރަން ލާޒިމްކޮށްފައިވާ ބައެއް މަސައްކަތްތައް ކޮށްފައި ނުވާތީއެވެ.

އިމާދު އެ މަގާމަށް އައްޔަން ކުރީ އެމްޑީޕީ ސަރުކާރުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރ 1 ވަނަ ދުވަހެވެ.

މިދިޔަ ސަރުކާރުން އެންޑީއޭ ހިންގީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެތަން ހޯމް މިނިސްޓްރީގެ ދަށުން ހިނގާގޮތަށް ބަދަލުކޮށްފައެވެ.

އިމާދު މަޤާމުން ވަކި ކުރުމަށް ފަހު އެ މަޤާމަށް އަދި އިތުރު މީހަކު އައްޔަން ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް