ދިވެހި ފިލްމް އެވޯޑްސް އޯގަސްޓް ފަހެއްގައި، ފިލްމު ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި

"ދިވެހި ފިލްމު އެވޯޑްސް 10" އަންނަ އޯގަސްޓް މަހުގެ ފަހެއްގައި ބާއްވަން ނިންމާ ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފައިވަ...

06 Jul 2023 | 16:10

"ދިވެހި ފިލްމު އެވޯޑްސް 10" އަންނަ އޯގަސްޓް މަހުގެ ފަހެއްގައި ބާއްވަން ނިންމާ ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފައިވަނީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ނިންމާފައިވާކަމަށާއި މި އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.

އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 10" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި އަދި "ދިވެހި ފިލްމު އެވޯޑްސް 10" ގައި އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ބައިތަކާއި އިތުރު ތަފްސީލް އާއްމުކޮށް ގެޒެޓުގައި އިއުލާނުކޮށް އެންސީއޭއިން ބުނެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:30 ކަމަށެވެ.

މިއެވޯޑުގެ ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 7906246 ނަންބަރު ފޯނާއި ގުޅުއްވުން އެދޭކަމަށްވެސް އެންސީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް