ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ،ީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެކުންފުނީގެ އަމާޒު ކަމަށެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދާނީ މި އަހަރުގެ ނިިޔަލަށެވެ.
މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މަޢާފްކޮއްދޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކައި ޚަލާސް ކުރުމަށް ފަހު ޖޫރިމަނާ މަޢާފް ކޮއްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ހުށައެޅުމުން ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދިނެވެ.
މިޕްރޮގްރާމް ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަމްބަރ 105 އަށް ގުޅުމުން، ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ހޯދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ފުރުސަތުގެ ބޭނުން ހިއްޕަވައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަވަން ޖެހިލައްވާ ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް ކަސްޓަމަރުންގެ ކިބައިން އެދެން. އަދި، ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމުގައި ފާހަގަކޮށް، މިހާރުވެސް ތިޔަދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން" އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް