ރާއްޖެއިން ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ، މިއަދު ހެނދުނު ނިޔާވެފައި ވަނީ ހއ. ކެލާ، ސީސަންގޭ، ޢަލީ ޤާސިމް، 81، ކަމަށެވެ. ޤާސިމަކީ ހައްޖު ކޯޕަރ...

06 Jul 2023 | 10:08

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ، މިއަދު ހެނދުނު ނިޔާވެފައި ވަނީ ހއ. ކެލާ، ސީސަންގޭ، ޢަލީ ޤާސިމް، 81، ކަމަށެވެ. ޤާސިމަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަަމަށް ދިޔަ މީހެކެވެ.

މިއީ މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ހަތަރުވަނަ މީހާއެވެ.

ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވި މީހުންގެ ތެރޭގައި، ގެއްލުނު ދިވެހި ހައްޖުވެރިއެއްވެސް ހިމެނެއެވެ. އެއީ މުހައްމަދު ނަސީމްއެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ނިޔާވެފައި އޮއްވައެވެ.

އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް ނިސްބަތްވަނީ ރ. މާކުރަތަށެވެ. އޭނާ ހައްޖަށް ދިޔައި އަލް ހަރަމައިން ގްރޫޕްގެ ހަވާލުގައެވެ.

މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް