އުކުޅަހު މަގުހެދުމުގެ މަސައްކަތް ފަށައިފި

އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މ...

06 Jul 2023 | 07:40

އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 2678 މީޓަރުގެ 10 މަގެއް ތަރައްޤީ ކުރެވޭނެއެވެ.

މި މަގުތަކުގައި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމުގެ އިތުރުން ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 4193 އަަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 14,452 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 56.11 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް